Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ތައިލޭންޑުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ތައިލޭންޑުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ތައިލޭންޑުގެ އައު ބޮޑުވަޒީރު/ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ސެޕްޓެމްބަރު 2025، 04:09

09 ސެޕްޓެމްބަރު 2025، 04:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ އާނޫޓިން ޗާންވީރާކޫން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، ބޮޑުވަޒީރު އާނޫޓިންގެ ޒަޢާމަތުގައި، ތައިލޭންޑާއި އެ ޤައުމުގެ ރައްޔިތުން، ތަރައްޤީއާއި ފާގަތިކަމުގެ އައު ޒަމާނަކަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އޮންނަވާ ކަމަށެވެ. ހަމަ އެހެންމެ،  ދިވެހިރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެމަނިކުފާނާއެކުގައި ގާތުން މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާޅުކުރައްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ތައިލޭންޑުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

އާނޫޓިން ޗާންވީރާކޫން އަކީ ތައިލެންޑުގެ ބޫމްޖައިތައި ޕާޓީގެ ލީޑަރެވެ. މީގެ ކުރިން އޭނާ ވަނީ، އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި، ދާޚިލީ ވަޒީރުގެ މަޤާމާއި، ޞިއްޙަތާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން