Ads by Stelco

ޚަބަރު

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާ ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

އިސްރާއިލުން ޤަޠަރަށް ދިން ހަމަލާ ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 08:23

09 ސެޕްޓެމްބަރު 2025، 08:23

އިސްރާއިލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ކުށްވެރިކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ފިނޑި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، މިނިވަން ޤައުމެއްގެ ސިޔާދަތަށް އަރައިގަތުމެއް ކަމުގައެވެ.

ރައީސް މުޢިއްޒުގެ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ އާއި ޤަޠަރާ ދެމެދު އޮތް ގާތްގުޅުން ދެމިއޮންނާނެ ކަމަށާއި، އަދި އެ މަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއިލުން ކުރަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.



މި ހަމަލާއާ ގުޅިގެން އިސްލާމީ ޤައުމުތަކުން ވެސް ދަނީ އިސްރާއިލްގެ ޢަމަލުތައް ކުށްވެރިކުރަމުންނެވެ. މީގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ އަދި ކުވެއިތުން ވަނީ ޤަޠަރަށް އެ ޤައުމުތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެކަން އަންގާފައެވެ.

އިސްރާއިލުން ދޯހާއަށް ދިން ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދެވުނު ހަމަލާއެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ފާހަގަކުރަމުންނެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގިނަ ޤައުމުތަކުން ވަނީ ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން