Ads by Stelco

ޚަބަރު

ކާޑުގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ވަނީ ނިންމަވާފަ: ރައީސް

ކާޑުގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ވަނީ ނިންމަވާފަ: ރައީސް

އެސްޓީއޯ މުދާ/ފޮޓޯ: މޯލްޑިވްސް ޖަރނަލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ސެޕްޓެމްބަރު 2025، 06:26

10 ސެޕްޓެމްބަރު 2025، 06:26

ކާޑުގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، އަދި ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ، އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މި ނިންމުން ނިންމަވާފައިވަނީ  މިއަދު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި، ކެބިނެޓުގެ މަޝްވަރާއާއާއި ލަފައާއެކުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި، ރާއްޖޭގައި ބައެއް މޭވާއާއި ތަރުކާރީގެ އަގު ބާޒާރުގައި ވަނީ އުފުލިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މިތަކެތި ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން