ޚަބަރު
ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް
 
                    ރަޝިއާއަށް އައި ބިންހެލުން/ފޮޓޯ: ވަން އިންޑިއާ
ރަޝިއާއަށް މިއަދު ހެދުނު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ހެނދުނު ރާއްޖެ ގަޑިން 07:37 ހާއިރު ރަޝިއާގެ އިރު އުތުރު އައްސޭރީގައި އޮންނަ ކަމްޗަޓްކާ އަށް އައީ 7.2 މެގްނިޓިއުޑްގެ ބާރު ބިންހެލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ވެރި ރަށް މާލެއާ 9،421 ކިލޯމީޓަރު ދުރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރަޝިއާއަށް އައި މި ބިންހެލުމުގެ ސަބަބުން، ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް އަދި އެއްވެސް ހިސާބަކުން ދީފައިނުވެވާއިރު، ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
An earthquake of Magnitude 7.2 occurred near Kamchatka, Russia. There is no direct threat to Maldives. pic.twitter.com/yHdk8lkIrV
— Maldives Meteorology (@MetMaldives) September 13, 2025
 
                 
                             
                                         
                 
                 
                                             
                                            