Ads by Stelco

ޚަބަރު

ޤައުމުގެ ނިންމުންތަައް ނިންމުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރަންޖެހޭ: ރައީސް މުޢިއްޒު

ޤައުމުގެ ނިންމުންތަައް ނިންމުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރަންޖެހޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 11:02

15 ސެޕްޓެމްބަރު 2025، 11:02

ޤައުމުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރަންޖެހޭ ކަމަށް ރައީސުލްްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ. 

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވެވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ދަތުރުގައި އަންހެނުންނާއި ޒުވާނުންގެ ތަމްސީލު އިތުރުކުރުމަށް މަސައްކަތްކުރަމުން ގެންދަން ޖެހޭނެ ކަމަށާއި، ނިންމުންތައް ނިންމުމުގެ ހުރިހާ ފަންތިއެއްގައިވެސް ދިވެހި ރައްޔިތުންގެ އަޑު އިވި، އެކަމަށް އަހައްމިއްޔަތުކަން ދޭންޖެހޭ ކަމަށެވެ.

މީގެއިތުރުން، ޑިމޮކްރަސީގެ އަގުތަކަށް ވިސްނާލާއިރު، ދުނިޔޭގައި އަމިއްލަ ވެރިކަމެއް ކުރުމުގެ އަސާސީ މިނިވަންކަން ނުލިބި ތިބި ފަލަސްޠީނުގެ ރައްޔިތުންނާއެކު އެކުވެ ތިބެން ޖެހޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ 15 ވަނަ ދުވަހެވެ. މި ދުވަހަކީ ޑިމޮކްރަސީގެ އަސާސްތަކާއި އުސޫލުތައް ކުރިއެރުވުމަށާއި، ޑިމޮކްރަސީގެ އަގުތައް ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށް ކަނޑައެޅިފައިވާ ދުވަހެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން