Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް އައްޔަން ކުރެއްވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 ސެޕްޓެމްބަރު 2025، 05:00

16 ސެޕްޓެމްބަރު 2025، 05:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި އެވެ.

ރައީސް ވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް، މއ.ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ.ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފައެވެ.

ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އަދި ނައިބު ރައީސްކަމަށް ކޮމިޝަނުގެ މެންބަރު މުޙައްމަދު ނާސިޙު ޢައްޔަންކުރުމަށް މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. އެ ދެ މަޤާމަށް މުޖްތާޒު އާއި ނާސިޙު ޢައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވާފައިވަނީ ވަނީ ވެސް އިއްޔެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ، ދެ ބޭފުޅުން ވެސް މަޤާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން، މަޖިލީހުން ވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްވީ މަޖިލީހުގެ ތަޅުމުގައި 68 މެންބަރުން ދެއްވި ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުތަކުގައި ތިބި މެންބަރުންގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ނިންމެވި ނާސިޙު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަޤާމުގައެވެ. ނަމަވެސް، މަޤާމުގެ މުއްދަތު ހަމަވުމުން ރައީސް ވަނީ ކޮމިޝަނަށް އޭނާ އަލުން އައްޔަން ކުރައްވާފައެވެ.

މި ދެބޭފުން މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ، 'ދިވެހި ސިވިލް ސަރވިސް' ގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން