Ads by Stelco

ޚަބަރު

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމުގެ ބިލް ތަސްދީޤުކުރައްވައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމުގެ ބިލް ތަސްދީޤުކުރައްވައިފި

2023ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ގުނަން ތައްޔާރުވަނީ، ފޮޓޯ: އޭއެފްޕީ

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2025، 10:17

16 ސެޕްޓެމްބަރު 2025، 10:17

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލާހަށް ވަނީ ލިބިދީފައެވެ. 

މީގެ އިތުރުން، ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ހުށައަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ މުހިއްމު ކަންކަމާއި، މުޅި ޤައުމާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައެވެ.

ރާއްޖޭގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވަނީ 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން