Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ވ. ތިނަދޫގެ ރައްޔިތުންނާއި އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ވ. ތިނަދޫގެ ރައްޔިތުންނާއި އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 11:07

19 ސެޕްޓެމްބަރު 2025، 11:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެ އަތޮޅު ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ވ. ތިނަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވ. ތިނަދޫ ކައުންސިލުން ވަނީ، ރަށުގެ ކަންކަމުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، ރަށަށް މިވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. ހަމަ އެހެންމެ، އުމްރާނީ ގޮތުންނާއި، ޞިއްޙީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރަށުގެ ކައުންސިލުންވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަންކަމުގެ ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށު ކައުންސިލާއި، އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން