Ads by Stelco

ޚަބަރު

ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނަން: ރައީސް

ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނަން: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2025، 04:33

26 ސެޕްޓެމްބަރު 2025، 04:33

ތ.ގުރައިދޫ އެއަރޕޯޓު ހެދުމުގެ މަސައްކަތް ނިންމާލުމަށްފަހު 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވެވި ޖަލްސާގައި ވަނީ ގުރައިދޫ އެއަރޕޯޓު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެއަރޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓްގެ ވަޢުދަކީ ގުރައިދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުކަމަށެވެ. މިކަމުގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ މަސައްކަރް ވަރަށް ބާރަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތް 22 މަސް ދުވަހުގެތެރޭގައި މުޅިން ނިންމާލުމަށް އަމާޒު ކަނޑައަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

2027ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހު މި އެއަރޕޯޓް ހުޅުވާނަން. މިއީ ރަށަށް ވަރަށް މުހިންމު އަދި އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުންތައް ގެނުވާނެ މަޝްރޫޢުއެއް. ސަރަޙައްދަށް ކުރިއެރުން ގެނައުމުގެ މުހިންމު ދޮރޯށްޓަކަށްވާނެ. 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެއަރޕޯޓް އެޅުމަށް ރަށުގެ ބިމުގެ ބޮޑު ޖާގައިގެއް ބޭނުންވާތީ، ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އިތުރު 7 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި ކައުންސިލުން ނިންމާގޮތެއްގެ މަތިން ކަމާގުޅޭ ވުޒާރާއާ މަޝްވަރާކޮށްގެން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ރަށުގައި ތިބެގެން އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް އަންނަ މަހު ގުރައިދޫގައި ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގުރައިދޫ ވެގެންދާނީ ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޑީކޮމްޕްރެޝަން ސިސްޓަމް ސަރުކާރުން ބަހައްޓާ ފުރަތަމަ ރަށަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން