Ads by Stelco

ޚަބަރު

ނޮވެންބަރު މަހުން ފެށިގެން ސިވިލް ސަރވިސް، ޖުޑިޝަރީ، އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން ރައީސް ނިންމަވައިފި

ނޮވެންބަރު މަހުން ފެށިގެން ސިވިލް ސަރވިސް، ޖުޑިޝަރީ، އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.

farudhun logo

ފަރުދުން

28 ސެޕްޓެމްބަރު 2025، 04:16

28 ސެޕްޓެމްބަރު 2025، 04:16

ޕޭ ހާރމަނައިޒޭޝަންގެ ތެރެއިން، މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުކުރެވިގެންދާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ:

މިއަހަރުގެ ރިޔާސީ ބަޔާނުގައި މިފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި. އަދި ކުރިން ވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްއާއި، ޖުޑިޝަރީއާއި، ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރާ ބޮޑުކުރެވިގެން ދިޔުމަކީ، ރާއްޖޭގެ އިޖުތމާޢީ ހަމަހަމަކަމުގެ ދާއިރާއިން، މާލީ ޢަދުލުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. މި ބަދަލު ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ތަންފީޒުކުރަން ނިންމަވާފައިވާއިރު، އެހެނިހެން މުއައްސަސާތަކުގެ މުސާރަ މިއަންނަ އަހަރު ބޮޑުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން