Ads by Stelco

ޚަބަރު

ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށް ވިއްސާރަކުރާނެ: މެޓް

ކަނޑާއި ވައި ގަދަ ދުވަހެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޮކްޓޯބަރު 2025، 02:32

11 އޮކްޓޯބަރު 2025، 02:32

ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައާއި މުޅި ހަފްތާގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.

މެޓުން އިތުރަށް ވިދާޅުވީ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން ވައި ވެސް ގަދަވާން ފަށާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން