Ads by Stelco

ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: އަވަސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޮކްޓޯބަރު 2025، 03:23

12 އޮކްޓޯބަރު 2025، 03:23

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރިފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މިކަމާއި ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. އެގޮތުން، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް 24 ގަޑިއިރު ރައްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:40 އިން ފެށިގެން މެންދުރުފަހު 13:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރިފައެވެ.  ހަމަ އެހެންމެ، އެ އިދާރާއިން ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިރެއާއި ހަމައަށް ހުދު ސަމާލު ވެސް ނެރިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން