Ads by Stelco

ޚަބަރު

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަރްމުއްޝައިޚްއަކީ ޣައްޒާގައި ކުރިޔަށްދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މިސްރުގެ ރިޒޯޓެއް / ފޮޓޯ: ރޮއިޓާސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޮކްޓޯބަރު 2025، 06:44

13 އޮކްޓޯބަރު 2025، 06:44

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޤަތަރުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަތަރުގެ އަމީރު، ހިޒް ހައިނަސް ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ތަޢުޒިޔާ ފޮނުއްވާފައިވަނީ، ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓްގައި ޤަތަރު ސަރުކާރުގެ ތިންއޮފިޝަލުން ނިޔާވުމާއި އިތުރު ދެމީހުންނަށް އަނިޔާވުމާއި ގުޅިގެންނެވެ.

ޤަތަރު ސަރުކާރުގެ ތިން އޮފިޝަލުން އެކްސިޑެންޓުވެ ނިޔާވެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިންމުމަށް މާދަމާ ބާއްވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވުމަށް ދަތުރު ކުރައްވަމުން ދަނިކޮށެވެ. އެހެންކަމުން، މި ސަމިޓަށް ތައްޔާރުވަމުން ދިޔަ އަމީރީ ދިވާންގެ އޮފިޝަލުން ނިޔާވި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފުންހިތާމަ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ، ރައީސް ވަނީ، ދިވެހި ރައްޔިތުން ތިބީ، މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ. ހަމަ އެހެންމެ، ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ހަފްތާގެ ކުރީކޮޅު ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި މަޝްވަރާތައް ބޭއްވުނީ ޝަރަމް އައް ޝެއިޚްގައެވެ. އަދި މާދަމާ މި ޝަރަމް އައް ޝައިޚްގައި މި މައްސަލައާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން