ޚަބަރު
މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިފްތިތާޙުކޮށްފި

ށ. މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިފްތިތާޙުކުރުން.

ފަރުދުން
15 އޮކްޓޯބަރު 2025، 05:00
15 އޮކްޓޯބަރު 2025، 05:00
ށ. މިލަންދޫގައި ތަރައްޤީކޮށް ނިންމާފައިވާ ވޮލީ ކޯޓާއި ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިލަންދޫ ވޮލީ ކޯޓަކީ މިދިޔަ ސަރުކާރުން މަސައްކަތް ފެށި ނަމަވެސް، ހުއްޓިފައިއި އޮތް މަޝްރޫޢެކެވެ. އަދުގެ ސަރުކާރުން އަލުން ފަށައިގެން ބަދަލުތަކަކާ އެކު ތަރައްޤީ ކޮށްފައިވާ ވޮލީ ކޯޓުގެ މަސައްކަތް ނިންމާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ވޮލީ ކޯޓު ތަރައްޤީކޮށްފައިވަނީ ފެންސު ޖަހައި، ދުވާލާއި ރޭގަނޑު ވެސް ބޭނުންކުރެވޭ ގޮތަށް ލައިޓް ހަރުކޮށް، އެންމެ ޒަމާނީ ފެންވަރުގައެވެ.
ހަމަ އެހެންމެ، މިލަންދޫ ފުޓްސަލް ދަނޑު ސަރުކާރުން ތަރައްޤީކޮށްފައިވަނީ ރެސްޓްރަމާއި ޗޭންޖިންގ ރޫމަކާއި އޮފީހެއްގެ އިތުރުން، ލައިވް ރޫމަކާއި ރެފްރީންނަށް ޚާއްޞަ ރޫމެއް ހިމެނޭ ގޮތަށެވެ.
މިލަންދުއަކީ ފުޓްސަލަށް މަޝްހޫރު ރަށަކަށް ވާއިރު، އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެ ރަށުން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ.
President Dr @MMuizzu inaugurates the new Volley Court in Sh. Milandhoo, enhancing local recreational facilities by providing residents with a quality venue for sports and community activities. #RayyithunGaathah #ShaviyaniAtollVisit pic.twitter.com/RKqSpYfC0h
— The President's Office (@presidencymv) October 15, 2025