Ads by Stelco

ޚަބަރު

މިލަންދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

މިލަންދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

މިލަންދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން. / ތަޞްވީރު: ރައީސް އޮފީސް

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2025، 05:01

15 އޮކްޓޯބަރު 2025، 05:01

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދުއަށް ކުރެއްވި ޒިޔާރަތުގައި، އެ ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެ ރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގައު އަޅުއްވާދެއްވައި، ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

މި މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަަރޭޝަނާއެވެ.

ރާއްޖޭގެ އެންމެހައި ރަށްތަކަށް ފުލުހުންގެ ޚިދުމަތް އެކަށޭނަ ގޮތެއްގައި ފުޅައުކުރުމަށް، ފުލުހުންގެ އަމިއްލަ ޢިމާރާތެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. ވީމާ، މި ކަމަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދެއެވެ.

ސަރުކާރުގެ ލަނޑުދަނޑިއަކީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްޞަ މަރުކަޒުތަކެއް ތަރައްޤީކުރުމެވެ. ނަމަވެސް، މިހާރު ވެސް ފުލުހުން ރާއްޖޭގެ އާބަދުވެފައިވާ އެންމެހައި ރަށްތަކުގައި ޚިދުމަތް ދެމުން ގެންދެއެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން