Ads by Stelco

ޚަބަރު

މިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފި

މިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފި

މިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން.

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2025، 05:03

15 އޮކްޓޯބަރު 2025، 05:03

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިލަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫ އަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާ އެކު، ޙިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބި، ރަށްގިރުމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބި، ރައްޔިތުންގެ ކަންބޮޑުވުމަށް ތަސައްލީ ލިބިގެންދާނޭ ކަމަށް އެމް.ޓީ.ސީ.ސީ.އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 712 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 228 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 50.46 މިލިއަން ރުފިޔާއަށް، 210 ދުވަސް ތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން