Ads by Stelco

ޚަބަރު

މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެ: ރައީސް

މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެ: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 05:03

15 އޮކްޓޯބަރު 2025، 05:03

ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 މިއީ ހުރިހާ މާނައެއްގައިވެސް މިލަދުންމަޑުލު އުތުރުބުރިއަށް ތަރައްޤީ ގެނުވާނެ މުހިންމު މަޝްރޫޢެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މިލަންދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށެވެ. އަދި މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށް ނިންމާފައިވަނީ ރަށަށް އިތުރު 40 ހެކްޓަރުގެ ބިން އިތުރުކޮށްގެންނެވެ. މި ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން އައު ބަނދަރެއް ހެދުމާއި، މިހާރުގެ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރުންވެސް ހިމެނެއެވެ.

"އެމްއޭސީއެލްއާއެކީގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއަރޕޯޓު އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިމެނިފައި އޮންނާނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މިލަންދޫގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތަކެއް ފެށިގެންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް، 30 އެނދުގެ ހޮސްޕިޓަލެއް އަދި 4 ބުރީގެ ފުލުހުންގެ މަރުކަޒެއް ހިމެނެއެވެ. އަދި ޕާސްޕޯޓުގެ ޚިދުމަތާއި އަލަށް ހުޅުވުނު ކުޅިވަރު ވަސީލަތްތަކަކީވެސް ރަށުގެ ތަރައްޤީއަށް މުހިންމު ފިޔަވަޅުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން