Ads by Stelco

ޚަބަރު

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓު ހުޅުވައިފި

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓު ހުޅުވައިފި

ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓު ހުޅުވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2025، 11:40

15 އޮކްޓޯބަރު 2025، 11:40

ށ. އަތޮޅު ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސް ޕްލާންޓު މިރޭ ހުޅުވައިފިއެވެ.

މި އައިސްޕްލާންޓު ހުޅުވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ފުނަދޫގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި އައިސްޕްލާންޓު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ފުނަދޫގައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.

ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މި އައިސްޕްލާންޓަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

މި އައިސްޕްލާންޓުގެ މަސައްކަތް މާދަމާއިން ފެށިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފުނަދޫއަށް ކުރެއްވެވި ދަތުރުފުޅުގައި، އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި 7 މަޝްރޫޢެއްގައި ސޮއިކޮށް، އިތުރު މަޝްރޫޢެއް ވަނީ ފަށާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން