Ads by Stelco

ޚަބަރު

ޒަމާންތަކަކަށްފަހު ރާއްޖޭގެ ރައީސެއް ކުނަހަންދުއަށް ވަޑައިގެންފި

ޒަމާންތަކަކަށްފަހު ރާއްޖޭގެ ރައީސެއް ކުނަހަންދުއަށް ވަޑައިގެންފި

ީކުނަހަންދޫ ރައްޔިތުން ވާރޭގައި ރައީސަށް މަރުޙަބާ ދަންނަވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 08:12

20 އޮކްޓޯބަރު 2025، 08:12

ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައީސަކު ކުނަހަންދޫއަށް ވަޑައިގަނެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މި ތާރީޚީ ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިދެއްވާފައެވެ.

އަޅުގަނޑުމެންގެ ހަޔާތުން 40 އަހަރު ވެގެންދިޔައިރުގަ އަޅުގަނޑުމެންގެ ކައިރިއަށް އިންތިހާބީ ރައީސެއް ފުރަތަމަ ކުނަހަންދޫ ރައްޔިތުންނާ ބައްދަލްކުރުމަށްޓަކައި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އުފަލާއެކު ފާހަގަކުރަން.

ކުނަހަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.


ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ނިންމުން

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން، އަދި ސިއްޙީ މަރުކަޒާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، ކުނަހަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

އަދި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. މިއާއެކު ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކަމެއް ވަނީ ލިބިފައެވެ. ރައީސް މުޢިއްޒު ވަނީ މި ހުރިހާ މަޝްރޫޢުތަކެއް ވީހާވެސް އަވަހަކަށް ނިންމައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން