Ads by Stelco

ޚަބަރު

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ޖަޕާނުގެ އައު ބޮޑުވަޒީރާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ.

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2025، 03:20

21 އޮކްޓޯބަރު 2025، 03:20

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގައިވާ ސަނައެ ތަކައިޗީ އިންތިޚާބުވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކަމަނާއަށް ތަހާނީ ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ޙިއްޞާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަނައެ ތަކައިޗީގެ ތަޖުރިބާއާ އެކު ޖަޕާނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ޔަޤީން ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލި އަޅުއްވައިލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝައުޤުވެރިކަން ފައުޅުކުރައްވާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ގޮތުގައި އިހަށް ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޢުމުރުފުޅުން 64 އަހަރުގެ ތަކައިޗީ، ޕާޓީގެ އައު ލީޑަރުކަމަށް ވަނީ ހޮވާފައެވެ. އެއާ އެކު، ބޮޑުވަޒީރުކަމަށް އެ ކަމަނާ ޢައްޔަނުކުރީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިހުގައި ނެގި ވޯޓަކުންނެވެ.

އިޝިބާ އިސްތިޢުފާ ދެއްވާފައިވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ޢާންމުން ސަރުކާރާ މެދު ވަރަށް ބޮޑަށް ނުރުހުން ވެފައި ވަނިކޮށެވެ. މިއާ އެކު، އައު ބޮޑުވަޒީރު ތަކައިޗީގެ ސިޔާސަތަކީ، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން