ޚަބަރު
މޫސުން އިތުރަށް ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ނެރިފައިވާ ރީނދޫ ސަމާލު ދަންމާލައިފި

ވިއްސާރަ ދުވަހެއް--
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ނެރިފައިވާ ރީނދޫ ސަމާލު ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 20:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ރީނދޫ ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ވެސް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރިފައެވެ. ހަމަ މިއާއެކު، މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 20:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.