Ads by Stelco

ޚަބަރު

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގަތުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

24 އޮކްޓޯބަރު 2025، 06:17

24 އޮކްޓޯބަރު 2025، 06:17

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅަ ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ  ބައްދަލުކުރެއްވި ޚާއްޞަ ފުޓުބޯޅަ މެޗެއް ކުރިއަށްގޮސްފައިވެއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައެވެ.



މިއަދު ކުރިއަށްދިޔަ  މި މެޗުގައި ރައީސް  ޑރ މުޢިއްޒު އަދި ފީފާގެ ރައީސްގެ އިތުރުން އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ އާއި ރައީސްގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އަދި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންވެސް ބައިވެރިވެފައިވެއެވެ.

މިއީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުގެ ދަޢުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން