Ads by Stelco

ޚަބަރު

ފީފާގެ ރައީސްއަށް މެހެމާންދާރީ އަދާކުރުމަށް ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ

ފީފާގެ ރައީސްއަށް މެހެމާންދާރީ އަދާކުރުމަށް ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް: ރައީސުލްޖުމްހޫރިއްޔާ

ފީފާގެ ރައީސް އިންފެންޓީނޯ އާއި ރަޢްޖޭގެ ރައީސް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 އޮކްޓޯބަރު 2025، 10:30

25 އޮކްޓޯބަރު 2025، 10:30

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއޭނީ އިންފެންޓީނޯއަށް މެހެމާންދާރީ އަދާކުރެއްވުމަށް ފުރުސަތު ލިބިގެންދިއުމަކީ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންފެންޓީނޯގެ ޒިޔާރަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި އަދި ފީފާއިން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވާނޭ ކަމަށެވެ.



އިންފެންޓީނޯގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި މި ކުޅިވަރާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަޤީންކަން ވަނީ ރައީސް މުއިއްޒުއަށް ދެއްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާއާއެކު ފީފާގެ ރައީސް އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޤްބޫލު ކުޅިވަރު ކަމަށާއި، މި ކުޅިވަރަކީ ރައްޔިތުން އެއްބައިވަންތަކުރުވާ ބާރެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ވަނީ އެފްއޭއެމްގެ އައު ލީޑަރޝިޕްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ފީފާގެ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.  އަދި ޒުވާން ހުނަރުވެރިން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުން ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނެކަމަށް ވިދާޅުވިއެވެ. އެއީ ހަމައެކަނި ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ނޫންކަމަށާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދައިގެން ކަމަށް ވިދާޅުވިއެވެ.

އިންފެންޓީނޯގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް އިންފަންޓީނޯ ކުރެއްވި ދަތުރުފުޅެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން