Ads by Stelco

ޚަބަރު

އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކާށިދޫ ބަނދަރުހެދުން ކުރިއަށް ގެންދާނަން: ރައީސުލްޖުމްހޫރިއްޔާ

އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކާށިދޫ ބަނދަރުހެދުން ކުރިއަށް ގެންދާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 12:13

28 އޮކްޓޯބަރު 2025، 12:13

އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކ.ކާށިދޫ ބަނދަރުހެދުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ، މާލެ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ކާށިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކާށިދޫއަށް އެންމެ މުހިމު އަދި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް ބަނދަރުގެ މައްސަލަ ކަމުގައެވެ. އެހެން ކަމުން އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ބަނދަރުހެދުން ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، މި މަސައްކަތް އަންނަ އަހަރުތެރޭ ނިމިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. 

އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކާށިދޫ ބަނދަރުހެދުން ކުރިއަށް ގެންދާނަން، އިރާދަކުރެއްވިއްޔާ މި މަސައްކަތް އަންނަ އަހަރުތެރޭ ނިމިގެންދާނެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ރަށުގައި ތިބެގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަށް ހޯދައި ދިނުމުގެ ގޮތުން ޓުއަރިޒަމް ދާއިރާއިިން ގެނެވެން ހުރި ތައްޤީތަށް ގެނައުމަށް ކައުންސިލަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އެގޮތުން ސީޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންސް ކާށިދޫއަށް ޤާއިމްކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކާށިދޫއަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ދެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.  ކާށިދޫ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމާއެކު، އެ ރަށުގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގުމަށް އެ ރަށު ކައުންސިލާއެކު ސޮއިކޮށްފައި ވެއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކާށިދޫގައި މިއަދު ވަކިވަކިން ބޭއްވި ހަތަރު ރަސްމިއްޔާތެއްގައި މުހިއްމު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. މީގެ ތެރޭގައި އެ ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތާއި، ޕޮލިސް ސްޓޭޝަނާއި ފިޓްނަަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރަށް ރިހެބްގެ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން