Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އެ ދައްކަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހޫރިއްޔާ އެ ދައްކަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޮކްޓޯބަރު 2025، 10:57

28 އޮކްޓޯބަރު 2025، 10:57

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ދައްކަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމާ ގުޅިގެންނެވެ. 

އެ މަނިކުފާނު ވިދާޅުވީ، މިއަދު ކ. ތުލުސްދޫއަށް ރައީސް ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެ މަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައިކަމަށެވެ. އަދި މިހާ އަވަސް މުއްދަތެއްގެ ތެރޭގައި މިއީ އެހެން ވެރިއަކަށް ކުރެވިފައި ނުވާކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި ކަމަށާއި، އެމަނިކުފާނު އެގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު މިވީ ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ ތެރޭގައި 187 ރަށަށް ވަޑައިގެންފައެވެ. މީގެއިން 64 ރަށަކަށް އެމަނިކުފާނު ދެ ވަނަ ފަހަރު ވަޑައިގެންފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން