Ads by Stelco

ޚަބަރު

މިއަދު ތަންފީޒު ކުރެވެން ފެށޭ ތިންކަންތަކުން އެންމެހާ ދިިވެހިންނަށް ފައިދާ ކުރާނެ، ހުރިހާ ދިވެހިންނަށް މަރުޙަބާ!

މިއަދު ތަންފީޒު ކުރެވެން ފެށޭ ތިންކަންތަކުން އެންމެހާ ދިިވެހިންނަށް ފައިދާ ކުރާނެ، ހުރިހާ ދިވެހިންނަށް މަރުޙަބާ!

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ނޮވެމްބަރު 2025، 11:01

01 ނޮވެމްބަރު 2025، 11:01

މިއަދު ތަންފީޒު ކުރެވެން ފެށޭ ތިންކަންތަކުން އެންމެހާ ދިވެހިންނަށް ފައިދާ ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ތަންފީޒު ކުރަން ފަށާ ތިންކަންތަކާ ގުޅޭ ގޮތުން ކުރެއްވެވި އެކްސް ޕޯސްޓެއްގައެވެ. 

ރައީސް ވިދާޅުވީ މިއަދު ނޮވެމްބަރ 1، 2025 ގައި 3 ކަމެއް ތަންފީޒުކުރަން މިވަނީ ފެށިފައި ކަމަށެވެ.

މިއަދު ތަންފީޒުކުރަން ފަށާ ތިންކަންތައްތަކަކީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން އަދި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުމެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި މުނާސަބަތުގައި މި 3 ކަންތައް ޙަޤީޤަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.

މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން

ރައީސް ޑރ މުޙައްމަދު މުޢިއްޒު


މިއަދު ތަންފީޒު ކުރެވެން ފެށި ޖެނެރޭޝަނަލް ބޭން އާއި ގުޅިގެން ގިނަ ބައެއްގެ ތަޢުރީފާއި ޝުކުރު ރައީސް އަށް ދަނީ ލިބެމުންނެވެ. ބައިނަލް އަޤްވާމީ ފަރާތްތަކާ ރާއްޖޭގެ އެތައް ބައެއްގެ ޝުކުރު ރައީސް އަށް ވަނީ ލިބިފައެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން