Ads by Stelco

ޚަބަރު

އައްޑުއަތޮޅުގެ ހުޅުދޫ އާއި މީދޫއަކީ އައްޑޫ ސިޓީއާ ވަކިން އޮންނަ ދެ ރަށް ކަމުގައި ކަނޑައަޅައިފި

އައްޑުއަތޮޅުގެ ހުޅުދޫ އާއި މީދޫއަކީ އައްޑޫ ސިޓީއާ ވަކިން އޮންނަ ދެ ރަށް ކަމުގައި ކަނޑައަޅައިފި

އައްޑުއަތޮޅުގެ ކޯޒްވޭއަކުން ބަހެއް ދަތުރުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ނޮވެމްބަރު 2025، 12:42

04 ނޮވެމްބަރު 2025، 12:42

އައްޑުއަތޮޅުގެ ހުޅުދޫ އާއި އެ އަތޮޅު މީދޫއަކީ އައްޑޫ ސިޓީއާ ވަކިން އޮންނަ ދެ ރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

މިއީ އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި، ވަކިވަކި ކައުންސިލް އުފެއްދުމަށް ހުޅުދޫ އާއި މީދޫގެ ރައްޔިތުން ބޭނުންވުމުން، ރައްޔިތުން ބޭނުންވާ ގޮތަށް ޢަމަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.

ޚިޔާލު ހޯދުމުގެ އެ ވޯޓުގައި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ރައްޔިތުން ބޭނުންވީ އެ ދެ ރަށުގައި ވަކިވަކިން ކައުންސިލްތައް ހެދުމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާ ގުޅިގެން "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އަދި އައްޑުއަތޮޅު "ފޭދޫ"ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ. 

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން، މި ބަދަލާ ގުޅިގެން އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އަދި މި އިސްލާހާއެކު "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން