Ads by Stelco

ޚަބަރު

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ---

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 07:08

04 ނޮވެމްބަރު 2025، 07:08

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ޚިއްޞާ ކުރައްވާފައި ވަނީ މީސްމީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާދަންނަވަމުންނެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް


އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ދީނީ ޚިދުމަތްތަކުގެ ފެށުން ގުޅިފައިވަނީ، ހިޖުރީ 15 ވަނަ ޤަރުނު ފެށުމާ ހަމައިން ސަރުކާރުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުއްވުމުގެ މަތިވެރި މަޤްޞަދުގައި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމާއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ ތިން އިނާމެއް ވެސް ލިބިވަޑައިގެންފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުން 1983 ވަނަ އަހަރު، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން 1985 ވަނަ އަހަރު އަދި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004 ވަނަ އަހަރު ލިބިވަޑައިގެންނެވި އިނާމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން