Ads by Stelco

ޚަބަރު

ފުވައްމުލައް ސިޓީގެ މާދަޑު އަވަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ފުވައްމުލައް ސިޓީގެ މާދަޑު އަވަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ފުޓްސަލް ދަނޑު ހުޅުވުން/ފޮޓޯ: ރައީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ނޮވެމްބަރު 2025، 09:36

04 ނޮވެމްބަރު 2025، 09:36

ފުވައްމުލައް ސިޓީގެ މާދަޑު އަވަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެރަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވާފައިވަނީ އެކަމަށްޓަކައި މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ފުވައްމުލަކުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމަކަށް ވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކުޅިވަރުތައް ކުޅުމަށް، ފެންވަރު ރަނގަޅު ދަނޑުތައް އަޅުއްވައިދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީކޯޓުތަކާއި، ފުޓްސަލް ދަނޑާއި، ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ  މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކުގައި ތަރައްޤީގެ އެހެނިހެން ގިނަ މަޝްރޫޢުތަކެއް ވެސް ފަށްޓަވާފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން