Ads by Stelco

ޚަބަރު

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ނޮވެމްބަރު 2025، 05:29

06 ނޮވެމްބަރު 2025، 05:29

ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓްގެ މެންބަރު ސުލްތާން ބިން ސާދު ބިން ސުލްތާލް އަލް މުރައިޚީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޤަތަރާއި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤަތަރުގެ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ޤަތަރުން ރާއްޖެއަށް އެކިވަރުގެ އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަތަރުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓްގެ މެންބަރު ވަނީ، ރާއްޖޭން އެމަނިކުފާނަށް އަދާކުރި މެހެމާންދާރީީ ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފަ އެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި ވެސް ޤަތަރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ބަލައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ހަކަތައާއި، ތަޢުލީމާއި، ޞިއްޙީ، އަދި އިންވެސްޓްމަންޓާއި ސަޤާފަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން