Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރާނަން: ރައީސުލްޖުމްހޫރިއްޔާ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ނޮވެމްބަރު 2025، 12:51

15 ނޮވެމްބަރު 2025، 12:51

މަސްތުވާތަކެތީގެ ވަބާ ދިވެހިރާއްޖެއިން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ހުކުރު ދުވަހުގެރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް އިސްކަންދެއްވަމުން އަންނަ ކަމަށާއި، އެގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ އޭގެ ތެރެއިން އެއް މައްސަލަ ކަމުގައެއެވެ. އަދި އެ މައްސަލަ ހުއްޓުވޭނީ، އެކަން ކުރިޔަށް ގެންދިއުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވިގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ އޮތް "ދިވެހީންގެރާއްޖެ" ޖަލްސާގެ ބައިވެރީން ރައީސުލްޖުމްހޫރިއްޔާއާ ސަލާމްކުރައްވަނީ---


އެހެންކަމުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވިގެން ނޫނީ އެކަން ނުހުއްޓުވޭނެ ކަމަށާއި، އެކަން ހާސިލްކުރެއްވުމަށް ގަދައަޅާ މަސައްކަކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި މަސައްކަތުގައި އެންމެ މުހިންމީ، ނުފޫޒުތަކުން އެއްކިބާވެ ދައުލަތުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރުން ކަމަށާއި، އެކަން އެގޮތަށް ކުރިޔަށް ގެންދެވިއްޖެނަމަ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރެވޭނެ ކަމަށެވެ. 

ކުދިކުދި އިޖުރާއަތުގައި ޖެހި މި މީހުން (މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން) މިނިވަން ވުމަކަށް ރައްޔިތުން ނޭނދޭ. އެންމެންގެ އިޚްލާސްތެރި ވިސްނުން ހުންނަޖެހޭ. މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ، މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު، އިސްލާހުވެގެން ނުކުންނައިރު ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ އިރާދަކުރެއްވިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްފަހު އެ މަނިކުފާނުގެ އަޒުމަކީ މަސްތުވާތަކެތީގެ އަވާގައި ޖެހިފައި ތިބި ކުދިންނަށް ފަރުވާދީ އެ ކުދިން މުޖުތަމަޢުއަށް ނެރުން ކަމަށެވެ. އަދި ކޮންމެ ޒުވާނަކީވެސް އަބުރުވެރި ޒުވާނަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ހަޤީޤީ މާނައިގައި ޒުވާނުން ބާރުވެރިކުރުވޭނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ މިފަދަ ބޮޑެތި މައްސަލަތައް ޙައްލު ކުރުމުގައި މަޤުބޫލު ގޮތަށް ބެލުމެއް ނެތި ދިވެހިންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމުންތައް ނިންމަވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން