Ads by Stelco

ޚަބަރު

ރައީސް ޑރ މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތައް އަރައިގަނެ ދެއްކި ވާހަކަތަކުގެ ޒިންްމާ އެމްޑީޕީއިން ނަގަން ޖެހޭ: އާއިލާއާ ބެހޭ ކޯޓު

ރައީސް ޑރ މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތައް އަރައިގަނެ ދެއްކި ވާހަކަތަކުގެ ޒިންްމާ އެމްޑީޕީއިން ނަގަން ޖެހޭ: އާއިލާއާ ބެހޭ ކޯޓު

ޢާއިލާ އާ ބެހޭ ކޯޓު ފޮޓޯ: ހުރިހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2025، 09:26

16 ނޮވެމްބަރު 2025، 09:26

ރަޢީސް ޑރ މުޙައްމަދު މުޢިއްޒުގެ ދޮށީދަރިކަލުންގެ ކަރާމާތައް އަރައިގަނެ ދެއްކި ވާހަަކަތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޒިންމާ ނަގަން ޖެހޭނެ ކަމަށް އާއިލާއާ ބެހޭ ކޯޓުން ޙުކުމްކޮށްފިއެވެ. 

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ. މިއީ މިދިޔަ މާރިޗު މަހު އެމްޑީޕީން ސިލްސިލާކޮށް ބޭއްވި އެއްވުންތަކެއްގެ ތެރެއިން ކުޑަކުއްޖެއްގެ ހައިސިއްޔަތުން ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން، އަދި ބައިނަލްއަޤްވާމީ މުއާހަދާތަކުން ލިބިދީފައިވާ ހައްޤުތަކަށް އަރައިގަތް މައްސަލައެކެވެ.

ފެމިލީ ކޯޓުގައި ވަކި ދެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މައްސަލަތަކުގައި ދަޢުވާކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރާއި، އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ އިތުރުން އެމްޑީޕީގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާ ތަމްސީލް ކުރައްވާ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބެއިރު އަދި އަޙްމަދު ސަލީމް (މާޒް ސަލީމް) ދެއްކެވި ވާހަކަތަކުގެ ސަބަބުން ކުޑަކުއްޖެއްގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ކޯޓުގެ ޙުކުމުގައި ވަނީ އެ ވާހަކަތަކަށާއި އެ ވާހަކަތަކުގެ ނަތީޖާއަށް އެއްވުން ބޭއްވި އެމްޑީޕީ އާއި، މަޤާމުގެ ހައިސިއްޔަތުން އެޕާޓީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢިލް ޒިންމާ ނަގަންޖެހޭ ކަމަށް ކަނޑައަޅާފައެވެ. ޙުކުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މަރިޔަމް ޒުބެއިރު އަދި އަހުމަދު ސަލީމް ދެއްކެވި ވާހަކަތައް މަނާކުރުމުގެ ބަދަލުގައި ޗެއަރޕާސަން ފައްޔާޟް އެ ވާހަކަތަކަށް ހިތްވަރު ދެއްވާފައިވާކަން ސާބިތުވެއެވެ. އެހެންކަމުން އެ ވާހަކަތަކަށް އެމްޑީޕީ އަދި ފައްޔާޟް ޢިސްމާޢިލް ޒިންމާ ވާންޖެހެއެވެ.

ޤާނޫނީ ވަކީލުންގެ ޓީމުން ހާމަކުރެއްވި ގޮތުގައި، މި ނިންމުމާ ގުޅިގެން މަންމައެއްގެ ހައިސިއްޔަތުން ދަޢުވާކުރެއްވި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް، މަރިޔަމް ޒުބައިރާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢިލްގެ އަތުން ބަދަލު ހޯދުމުގެ ޙައްޤު ލިބިލައްވައެވެ. ނަމަވެސް، ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިދީފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތުން އެފަދަ ދަޢުވާއެއް ހުށަނާޅުއްވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

ވަކީލުންގެ ފަރާތުން އިތުރަށް ވިދާޅުވީ، މިކަމުގެ މަދަނީ ދަޢުވާގައިވެސް ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅި ނަމަވެސް އެކަމުގައިވެސް މަސައްކަތްކުރައްވާފައި ނުވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ފަރާތުން މިމައްސަލަ ހުށަހަޅުއްވާފައިވަނީ، އެއްވެސް ޙާލެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެއްވި ދަޢުވާއެއް ނޫން ކަމަށާއި، މިއީ ސިޔާސީ ހަނގާކުރުމާއި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރެއްވި ދަޢުވާއެއް ކަމަށެވެ.

ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދޭތީ، މިކަން ތަންފީޒުކުރުމަށް މުޢައްސަސާތަކުގެ މައްޗަށް އިތުރު އަމުރެއް ނެރެންޖެހޭކަމަށް ނުފެނެއެވެ. އެހެންނަމަވެސް، މުޢައްސަސާތަކުން ކުޑަކުދިންގެ ހައްޤަކަށް އަރައިގަތުމުގެ ފުރުސަތު ނުދިނުމަށް ފާހަގަކޮށް، މިފަދަ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޮތްކަން ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ މައްސަލަތަކުގައި ޖޫރިމަނާ ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ ވުޒާރާއަށް ލިބިފައިވާކަންވެސް ފެމިލީ ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން