Ads by Stelco

ޚަބަރު

އަދުގެ ސަރުކާރަކީ އެހެން ސަރުކާރުތަކާ އަޅާބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގޮތްގޮތުން ތަފާތު ދެއްކި ސަރުކާރެއް: މަޖިލީހުގެ ރައީސް

އަދުގެ ސަރުކާރަކީ އެހެން ސަރުކާރުތަކާ އަޅާބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގޮތްގޮތުން ތަފާތު ދެއްކި ސަރުކާރެއް: މަޖިލީހުގެ ރައީސް

ރައީސް މުޢިއްޒު އަދި މަޖިލިސް ރައީސް ޢަބްދުއްރަޙީމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2025، 04:38

17 ނޮވެމްބަރު 2025، 04:38

 އަދުގެ ސަރުކާރަކީ އެހެން ސަރުކާރުތަކާ އަޅާބަލާއިރު ދެ އަހަރު ދުވަހުގެ ތެރޭގައި ގިނަ ގޮތްގޮތުން ތަފާތު ދެއްކި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 މި ސަރުކާރަށް ދެ އަހަރު ފުރުނުއިރު އެންމެ ބޮޑު ކާމިޔާބީއަކީ ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުން ކަމަށެވެ.

 އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފްތާ 104" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި،

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިފައި އޮތް ނަމަވެސް، ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ކުރެއްވި މަސައްކަތްތަކުން މިއަދު އެ އަނދަވަޅުން އިޤްތިޞާދު ނަގާފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 މީގެއިތުރުން މި މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް އަސާސީ ޚިދުމަތަކަށް ބުރޫ ނާރުވައި، ފައިސާ ޗާޕުނުކޮށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން ޤައުމުގެ އިގްތިސާދު ކުރިއެރުވަމުން ގެންދަވަނީ ކުރީ ސަރުކާރުން ފައްޓަވާފައިހުރި މަޝްރޫއުތަކާއެކު އައު މަޝްރޫއުތައްވެސް ފައްޓަވަމުން ކަމަށެވެ. 

 "ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ހާލަތުން ވަރަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ޤައުމު ބަނގުރޫޓުވާނެ ކަމަށް. އެ ހާލަތުގައި އޮތީ. ވަރަށް ބޮޑަށް ދަރަނިވެރިވެފައި އޮތީ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި. ނަމަވެސް އިދިކޮޅު ފަރާތްތަކުން އުއްމީދުކުރި ގޮތަށް ޤައުމު ބަނގުރޫޓު ވިޔަނުދީ، ދައްކަންޖެހޭ ދަރަނި ދައްކައި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތަކަށް ބުރުލެއް ނާރާ، ބަރާބަރަށް މުސާރަ ދީގެން މިހާތަނަށް އައިއައުން އަޅުގަނޑު ސިފަކުރާނީ ވަރަށް ކާމިޔާބު ކަމެއްގެ ގޮތުގައި." ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނެވި އިސްލާހުތަކަކީ ރާއްޖޭގައި ޑޮލަރު ލިބުމުގައި އޮތް ދަތިކަމަށް ހައްލު ލިބިގެންދިޔަ އިސްލާހުތަކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ލިބި، ރާއްޖޭގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ކުރިއަރައިގެން ގޮސްފައިވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ކުރިއަށް އޮތީ ވަރަށް އުޖާލާ ދުވަސްތަކެއް ކަމަށެވެ. އެގޮތުން، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަރައިގެންދާނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުލިބި، އުފެއްދުންތެރިކަން އިތުރުވެ، ތިޔާގި ޤައުމަކަށް ކުރިއަށް އޮތް އަހަރުތަކުގައި ޤައުމު ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން