ޚަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ރާއްޖޭގައި ކަނޑުގަދަވެ މޫސުން ގޯސްވުން.
ފަރުދުން
17 ނޮވެމްބަރު 2025، 04:38
17 ނޮވެމްބަރު 2025، 04:38
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ. އެއީ މިއަދު މެންދުރު 14:50އިން ފެށިގެން މިރޭ 20:50އަށެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި، އެ ސަރަޙައްދަށް އިސްވެ ދެންނެވުނު މުއްދަތުގައި ބޯކޮށް ވާރޭވެހުމާ އެކު ގުގުރަމީ އެކަށީގެންވާ ކަމެކެވެ.
މޫސުމުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:
- ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރީން، ވަޔާއި ކަނޑު ގަދަ ވަޤުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުން
- ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާ އެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަޤީންކުރުން
- ވާރޭ ވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެ ކަމަށް ސަމާލުވުން
- މޫސުމާ ބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާ ބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް ޢަމަލުކުރުން
- އުދައިގެ އަސަރު ކުރާ ޙިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
Alert white for heavy rain pic.twitter.com/L1WmOgR6TV
— Maldives Meteorology (@MetMaldives) November 17, 2025