Ads by Exprox

ޚަބަރު

ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ނިންމި ނިންމުމަށް ޢަމަލު ނުކުރަން ނިންމައިފި!

ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ނިންމި ނިންމުމަށް ޢަމަލު ނުކުރަން ނިންމައިފި!

ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި މަސްބާނަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 02:54

29 އޯގަސްޓު 2024، 02:54

ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް ނިންމި ނިންމުމަށް ޢަމަލު ނުކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ޑރ ރައީސް މުޢިއްޒު ނިންމެވީ 13 ޖޫންގައި ވަޒީރުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ‘ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސް މުޢިއްޒުގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް މުޢިއްޒު މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތު ވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ޑރ މުޢިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco