Ads by Stelco

ޚަބަރު

އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ އުންމީދު: ރައީސް މުޢިއްޒު

އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ އުންމީދު: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ތުއްތު ކުއްޖަކާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 05:19

20 ނޮވެމްބަރު 2025، 05:19

 ދިވެހި ކުޑަކުދިންނަކީ ޤައުމުގެ އުންމީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

މިއަދު ފާހަގަކުރެވެޭ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން  އެކްސް ގައި ރައީސް ވަނީ ޕޯސްޓެއް ކުރައްވައިފައެވެ. 

މިޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ ދުނިޔޭގެ އެހެން ކުދިންނާ އެކު ދިވެހިރާއްޖޭގެ ކޮންމެ ކުއްޖަކަށް ސަލާމަތާއި، ޢިއްޒަތާއި، ފުރުޞަތު ލިބިގެންވާ މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. 

ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަކީ ޤައުމީ ވާޖިބެކެވެ

"އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ އުންމީދު، އަދި އަޅުގަނޑުމެންގެ ޤައުމުގެ ހިތެވެ. އަދި ކުރިއަރާ ދިވެހިރާއްޖެއެއްގެ ބިންގަލަކީ ވެސް އެ ކުދިންނެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އެ މަނިކުފާނު ވަނީ، ކުޑަކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި މާހައުލު ފޯރުކޮށްދީ، އެ ކުދިން ބޮޑުވެ، ކުރިއަރައިގެން ދިއުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކަށްޓަކައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން