Ads by Stelco

ޚަބަރު

ޓެކްނޮލޮޖީއަކީ އަންހެނުން ބާރުވެރިކުރުވޭ ވަސީލަތަކަށް ހަދަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ޓެކްނޮލޮޖީއަކީ އަންހެނުން ބާރުވެރިކުރުވޭ ވަސީލަތަކަށް ހަދަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 10:01

25 ނޮވެމްބަރު 2025، 10:01

ޓެކްނޮލޮޖީއަކީ އަންހެނުންގެ ނާޖާއިޒު ފައިދާ ނެގޭ ވަސީލަތަކަށް ހެދުމުގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވޭ ވަސީލަތަކަށް ހަދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންގެ ދިރިއުޅުން ދުވަހުންދުވަހަށް ގުޅިލާމެހި ބަދަހިވަމުންދާއިރު، އަންހެނުންނާއި އަންހެން ކުދިންނަށް އޮންލައިންކޮށް ކުރާ ފުރައްސާރަ އާއި އުނދަގޫތައް އިތުރުވަމުންދާކަމަށެވެ. އެހެންކަމުން މިކަމާ ދެކޮޅަށް ތެދުވެ އަހަރެމެން އެންމެން މަސައްކަތް ކުރަންވީ އައު ޓެކްނޮލޮޖީތަކުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިން ބާރުވެރިވެ، ކުރިއެރުވުމަށް ކަމަށެވެ.



މީގެއިތުރުން އެ މަނިކުފާނު ވިދާޅުވީ، އަންހެނުންނާއި އަންހެންކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަކީ، ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި ދެކޭކަމަށެވެ. އެގޮތުން ކޮންމެ އަންހެނަކާއި އަންހެންކުއްޖެއް ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރި ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި، މުޖުތަމަޢު ބިނާކުރެވޭނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާއެކުގައި ކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން