Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އިނގިރޭސިވިލާތައް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުޢިއްޒު އިނގިރޭސިވިލާތައް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުޢިއްޒު ނައިބުރައީސް ހުސެއިން އަދި ވަޒީރު އިޙްސާނާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 10:04

02 ޑިސެމްބަރު 2025، 10:04

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅަކީ، ދަ ސަސްޓެއިނަބަލް މާކެޓްސް އިންޝިއޭޓިވް

އިން އިންތިޒާމުކުރި "ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" އާއި ގުޅޭ މަތީ ފެންވަރުގެ ބްރީފިންގ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ބްރީފިންގ ސެޝަން ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ޗާލްސް ތިންވަނަގެ ހޯސްޓްކުރެއްވުމުގެ ދަށުންނެވެ. މި ބައްދަލުވުމުގައި، ގިނަ ފަރާތްތަކެއް ބައިވެރިވާ ތަރައްޤީގެ ބޭންކުތަކުގެ (MDBs) އިސްވެރިންނާއި، ޕްރައިވެޓް ފައިނޭންސްގެ ދާއިރާގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބްރީފިންގ ސެޝަންގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ޕްރައިވެޓް ކެޕިޓަލް ހޯދުމުގެ މަސައްކަތްތައް އަވަސްކުރުމަށް ބާރުއެޅުމެވެ. މިގޮތުން، ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ ހައްލުތަކަށް ޕްރައިވެޓް ފައިނޭންސްގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.

ރައީސް މުޢިއްޒު މި ބްރީފިންގގައި ބައިވެރިވެވަޑައިގެންނެވުމަކީ، ދުނިޔޭގެ މުހިންމު މައްސަލަތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރެވުނު މަސައްކަތެކެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށް މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން