ޚަބަރު
އެކުވެރި ޢަރަބި އިމާރާތުގެ ޤައުމީ ދުވަހުގެ ތަހުނިޔަ ރައީސް ފޮނުއްވައިފި
ރައީސް މުޢިއްޒު އެކުވެރި ޢަރަބި އިމާރާތުގެ އިސްވެރިންނާއެކު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަށާއި، އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓް މެދުވެރިކޮށެވެ.
ރައީސްގެ މެސެޖުގައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިސް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާޔިދު އާލް ނަހްޔާންއަށް ހާއްސަކޮށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ، މި ދުވަހަކީ ޔޫއޭއީގެ އެއްބައިވަންތަކަމާއި، ދުރުވިސްނުމާއި، ކުރިއެރުމުގެ މުހިންމު ދަތުރު ފެށުނު ދުވަސްކަމަށާއި، މި ދަތުރުގެ ސަބަބުން އެ ޤައުމަކީ އީޖާދީ ގޮތްތަކާއި ތަރައްޤީގެ ބައްތިއެއްގެ ގޮތުގައި ވެފައިވާކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށާއި، އެއްބާރުލުމަށް ރާއްޖެއިން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފައެވެ. އަދި "މި ގުޅުންތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ" ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޔޫއޭއީގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމުގެ ހަތް އެމިރޭޓްސް އެއްބައިވެގެން އެކުވެރި ޢަރަބި އިމާރާތް އުފެދުނު ދުވަހުގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއާއި ޔޫއޭއީއަކީ ތާރީޚީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ.