ޚަބަރު
ރައީސް މުޢިއްޒު މާދަމާރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ރައީސް ޑރ މުޢިއްޒު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މާދަމާރޭ މާލެ މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ އިސް ތަރުަޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ތާޖުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.
“ވީމާ މާފަންނުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަން” ހީނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މާލޭގެ ރައްޔިތިުންނާއި ބައްދަލުކުރެއްވުމަށް ދެ ބައްދަލުވުމެއް މިހާތަަނަށް ބާއްވަވައިފައެވެ. އެގޮތުން މައްޗަންގޯޅި ރައްޔިތުންނާއި ވިލިމާލެ ރައްޔިތުންނާއި މިހާރު ވަނީ ބައްދަލުކުރައްވައިފައެވެ.