ޚަބަރު
ސަރުކާރުގެ އަމާޒަކީ މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން: ރައީސުލްޖުމްހޫރިއްޔާ
މަސްވެރިކަމަށް ނިކުމެ އުޅުން އުޅަނދެއް / ފޮޓޯ: ޒުވާން މަސްވެރިޔާ
ފަރުދުން
10 ޑިސެމްބަރު 2025، 09:28
10 ޑިސެމްބަރު 2025، 09:28
ދިވެހި ސަރުކާރުގެ އަމާޒަކީ މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ޚިއްޞާކުރެއްވި މެސެޖުގައެވެ.
އެގޮތުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، ދިވެހީންނާއި އެންމެ ގުޅިފައިވާ ކަމަކީ މަސްވެރިކަން ކަމަށެވެ. އެގޮތުން އެ ޒަމާނުން ފެށިގެން މިއަދާ ޖެހެންދެން ވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި، ހުނަރާއި، ދިވެހި އާދަކާދައާއި، ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސިނާއަތަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަ ކުރައްވަމުން ރައީސްގެ މެސެޖުގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުން ކަމުގައެވެ. އަދި މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކޮށް، ޤައުމުގެ އިޤުޠިޞާދަށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވުމުގެ ކުރިން، އެ މަނިކުފާނު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް އަދާކުރައްވާފައެވެ.