Ads by Stelco

ޚަބަރު

މި މަހު 16 ވަނަ ދުވަހުގެރޭ ރައީސް ޑރ މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

މި މަހު 16 ވަނަ ދުވަހުގެރޭ ރައީސް ޑރ މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މުޢިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 10:00

10 ޑިސެމްބަރު 2025، 10:00

ހުލާސާ


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި މަހުގެ 16 ވަނަ ދުވަހުގެރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް އެ މަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގަލޮޅުގެ ލޮބުވެތި ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި އިމާދުއްދީން ސްކޫލްގައި ކަމަށެވެ. ރީހާން ވަނީ މި ބައްދަލުވުމަށް ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ރައީސް ޑރ. މުއިއްޒު މިފަދަ ބައްދަލުވުންތައް ބާއްވަވަނީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށާއި، ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ދެއްވުމަށެވެ. މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ 17 ގައި ބޭއްވި ހަފުލާގައެވެ.

މިހާތަނަށް ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޯޅީ އަދި ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައްޔިތުންގެ ޝަކުވާތައް ރައީސް ގެންދަވަނީ އަޑުއައްސަވަމުންނެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެން ރައްޔިތުންނާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން