Ads by Stelco

ޚަބަރު

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި 'ރަހަވަރު' ކެއްކުމުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި 'ރަހަވަރު' ކެއްކުމުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ޑިސެމްބަރު 2025، 02:17

13 ޑިސެމްބަރު 2025، 02:17

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި 'ރަހަވަރު' ކެއްކުމުގެ މުބާރާތް ކުރިއަށް ދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަހަވަރު" ގެ ނަމުގައި ޚާއްޞަ ކެއްކުމުގެ މުބާރާތެއް މިއަދު ވަނީ ރ. ދުވާފަރުގައި ބާއްވައިފައެވެ. މި ކެއްކުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މުޅި ރ. އަތޮޅަށް ހުޅުވަލައިގެންނެވެ. އެގޮތުން، ރަހަވަރު ކެއްކުމުގެ މުބާރަތުގައި ރ. އަތޮޅުގެ ގިނަ ޢަދަދެއްގެ އަންހެން އަދި ފިރިހެނުން ބައިވެރިވެފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ކެއްކުމުގެ މުބާރާތުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި، ދިވެހީންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުން ކަމަށެވެ.

މި މުބާރާތުން ވަނަތައް ހޯދި ޓީމުތައް:

  • 1 ވަނަ - ޓީމް މަސްރޯދި 10،000 ރުފިޔާ
  • 2 ވަނަ - ޓީމް ގޯލްޑްފިޝް 5000 ރުފިޔާ
  • 3 ވަނަ - ޓީމް ރެހެންދި 3000 ރުފިޔާ

މި މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ޓީމް ތަކަށް އިނާމު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން