Ads by Stelco

ޚަބަރު

މި ސަރުކާރުން އެކި ކުންފުނިތަކާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް: ރައީސް

މި ސަރުކާރުން އެކި ކުންފުނިތަކާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް: ރައީސް

ރައީސް ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2025، 12:25

17 ޑިސެމްބަރު 2025، 12:25

މި ސަރުކާރުން އެކި ކުންފުނިތަކާއި ތަރައްޤީޤެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރިއިރު މާލިއްޔަތު ޤަވައިދާ އެއްގޮތަށްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މަސައްކަތްތައް ހަވާލުކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށެވެ. އަދި މަޝްރޫއުތައް ހަވާލުކުރި ފަރާތްތަކަށް ގެރެންޓީއާއި ނުލައި އެޑްވާންސް ޕޭމަންޓް ނުދޭނެ ކަމަށާއި، ޕްރޮގްރެސް ޕޭމަންޓް ދޭނީ ވެސް މަސައްކަތް ކުރީމާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މަޝްރޫއު ހަވާލުކުރެވުނު އެއްވެސް ކުންފުންޏަކީ އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮތް ކުންފުންޏެއްތޯ ބައްލަވާނެ ކަމަށެވެ. ި "އެއްވެސް ފަރާތަކާއި ހަވާލެއް ނުކުރާނަން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް،" ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުވަ ދާއިރާއަކުން 206 ތަރައްގީގެ މަޝްރޫއު ހިންގުމަށް ދިވެހި އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް 123 ރަށެއްގައި ހިންގުމަށް ނިންމާފައިވާއިރު، މަޝްރޫޢުތަކުގެ ޖުމްލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމު، ޞިއްޙަތު، ކުނި މެނޭޖް ކުރުން، ކުޅިވަރު ވަސީލަތްތައް، ފުލުހުންގެ އިންފްރާސްޓްރަކްޗާ، މިސްކިތްތައް، އަދި އެހެނިހެން މުޖުތަމަޢުގެ ވަޞީލަތްތައް ޤާއިމު ކުރުން ހިމެނެއެވެ.

މަޝްރޫޢުތައް ހަވާލު ކުރި ދާއިރާތައް:

  • ތަޢުލީމީ ދާއިރާ: 31 މަޝްރޫޢު
  • ޞިއްޙީ ދާއިރާ: 30 މަޝްރޫޢު
  • ދާޚިލީ ދާއިރާ: 39 މަޝްރޫޢު
  • ތިމާވެށީގެ ދާއިރާ: 24 މަޝްރޫޢު
  • މަސްވެރިކަމުގެ ދާއިރާ: ދެ މަޝްރޫޢު
  • ކުޅިވަރުގެ ދާއިރާ: 52 މަޝްރޫޢު
  • ގެދޮރުވެރިކަމާއި ބެހޭ ދާއިރާ: 13 މަޝްރޫޢު
  • އިސްލާމީ ދާއިރާ: 14 މަޝްރޫޢު
  • ޒުވާނުންނާއި ގުޅުން ހުރި ދާއިރާ: އެއް މަޝްރޫޢު

މީގެ އިތުރުން، އެ މަޝްރޫޢުތަކަށް ލޯނު ދޫކުރުމާއި ގުޅޭގޮތުން ބީއެމްއެލްއިން ވެސް ވަނީ ޤަވައިދާ ޚިލާފަށް އެ ބޭންކުން ވެސް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ހަމަތަކަށް ބުރަވެ، އެކަންކަން ހާމަކުރައްވާފައިވުމަކީ، ސަރުކާރުގެ މަސައްކަތްތަކުގެ އިތުބާރު ބޮޑުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450