ވިޔަފާރި / ޚަބަރު

ކޯޓާ ފީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަށް ހޯދޭނެ ޙައްލެއް ބަލަނީ

ކޯޓާ ފީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަށް ހޯދޭނެ ޙައްލެއް ބަލަނީ

ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީއަކު މަސައްކަތް ކުރަނީ / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ޑިސެމްބަރު 2025، 12:42

18 ޑިސެމްބަރު 2025، 12:42

ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ސަރުކާރަށް ދައްކަންޖެހޭ ކޯޓާ ފީގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް މާލޭގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ، ވޯކް ޕާރމިޓް ފީގެ އިތުރުން، ބިދޭސީންނަށް ކޯޓާ ފީ ދައްކަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެއީ އެކި ނަންނަމުގައި ސަރުކާރަށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކަން ޖެހޭތީ، ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމުންކަމަށް ވިދާޅުވިއެވެ.  

މި މަޢުޟޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރާނެ ގޮތެއް ހޯދައިދިނުމަކީ އެ މަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާއި، އެގޮތުން ކޯޓާ ފީގެ ކަންތައް އެންމެ ލުއިކޮށްދެވޭނެ ގޮތެއް ބަލައި، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޯޓާ ފީގެ ކަންތައް އެންމެ ލުއިކޮށްދެވޭނެ ގޮތެއް ބަލައި، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކުރެވޭނެ ގޮތެއް ބަލާނަން. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ ބިދޭސީއަކަށް، އަހަރަކަށް 2،000 ރުފިޔާގެ މަގުން ކޯޓާ ފީ ނަގަން ފެށީ 2021 ވަނަ އަހަރުއެވެ. މިއީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން، ކޮންމެ ބިދޭސީއަށް މަހެއްގެ މައްޗަށް ދައްކާ 350 ރުފިޔާގެ އިތުރުން ނަގަން ފެށި ޓެކްސްއެކެވެ. އެހެންކަމުން، ގިނަ އަދަދަކަށް ބިދޭސީން ގެންގުޅޭ ކޮންސްޓްރަކްޝަން ކުންފުނިތަކަށް މިކަން ވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށެވެ.

ކޯޓާ ފީގެ ގޮތުގައި އަހަރަކަށް ދައްކަން ޖެހޭ ފައިސާ އިންސްޓޯލްމެންޓު އުސޫލުން، މަހުންމަހަށް ދެއްކޭނެ ގޮތް ކުރިން ހަމަޖައްސާފައިވެއެވެ. އެހެންނަމަވެސް، ކޯޓާފީއާއެކު މަހެއްގެ މައްޗަށް ކޮންމެ ބިދޭސީއަކަށް 516 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މީގެ އިތުރުން ފިޔަފާރިން ޓެކްސް ވެސް ދައްކަންޖެހެއެވެ. 

އެހެންކަމުން، ކޯޓާ ފީގެ ކަންތަކުގައި ސަރުކާރުން ގެނެސްދޭނެ ލުޔަކީ، ގިނަ ބިދޭސީން ގެންގުޅޭ ވިޔަފާރިތައް ކުރި އެރުމަށް ލިބޭނެ ހިއްވަރަކަށް ވެގެންދާނެ ކަމެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން