Ads by Stelco

ޚަބަރު

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަޙުނިޔާ ފޮނުއްވައިފި

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަޙުނިޔާ ފޮނުއްވައިފި

ޤަތަރުގެ ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީ، ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (މ) އަދި ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީ (ވ)---

farudhun logo

ފަރުދުން

18 ޑިސެމްބަރު 2025، 09:26

18 ޑިސެމްބަރު 2025، 09:26

ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި، ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީއަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޙުނިޔާ ފޮނުއްވައިފިއެވެ. 

ޤަތަރުގެ ޤައުމީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މިޙައްމަދު މުޢިއްޒުވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ޤަތަރުގެ ރަސްގެފާނަށާއި ބޮޑުވަޒީރާއި އެޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.



ޤަތަރާއި ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ދަމަހައްޓާ އާލާ ކުރެވޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޤަތަރަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ މީހުންގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރެވޭ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޤަތަރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު 18 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން