Ads by Stelco

ޚަބަރު

ވިޔަފާރިވެރިންނަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ވިޔަފާރިވެރިންނަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުޢިއްޒު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލިކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޑިސެމްބަރު 2025، 11:03

18 ޑިސެމްބަރު 2025، 11:03

ރާއްޖޭގައި ވިޔަފާރި ކުރާ ހުރިހާ ފަންތީގެ ވިޔަފާރިވެރިންނަށް ވެސް ހެޔޮ އަގުގައި ބިން ކުއްޔަށް ނެގޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި، ރާއްޖޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ފޯރަމުގައި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ވިޔަފާރިވެރިންނަށް ވެއާ ހައުސްތަކާއި ބިންތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކަހަލަ ކުންފުނިތަކުން ކުޑަ އަގެއްގައި ލިބޭނެ ގޮތް ހަމަޖެއްސޭތޯ މަޝްވަރާ ކުރައްވައިގެން އެކަން ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މި ފުރުސަތު ލުއި ގޮތަކަށް ވިޔަފާރިވެރިންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޔަޤީންކަން ދެއްވާފައެވެ.

ރޭގެ މިބައްދަލުވުމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި މިބައްދަލުވުމުގައި އެބޭފުޅުންގެ މަސައްކަތްތަކުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ ރައީސް އާ ޚިއްސާކުރައްވައިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން