ޚަބަރު
ދެވަނަ ދައުރަކަށް ރައީސް މުޢިއްޒު ހޮވާނެކަމުގެ އުންމީދު ބޮޑު: އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު/ފޮޓޯ: ވުޒާރާ
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވާނެކަމުގެ އުންމީދު ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި %62 މީހުން ހިތްހަމަޖެހޭކަން ބާނީ ސެންޓާ ފޯރ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދެއްކުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ލިޔެފައިވާ އާޓިކަލް އެއް 'އެކްސް' ގައި ހިއްސާކުރައްވާ ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަޞައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިޢާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ރައްޔިތުން ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަމަ ދައުރަކަށް ހޮވިވަޑައިގަތުމަކީ ރާއްޖޭގެ ކުރިމަގަށް ވެސް އޮތް އުންމީދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.