Ads by Stelco

ޚަބަރު

ރައްޔިތުންގެ ބައްދަލުވުންތަކަކީ އެރައްޔިތަކު ބޭނުންފުޅުވާ ވާހަކައެއް އެގޮތަކަށް ދައްކަވަން ބާއްވާ ބައްދަލުވުންތަކެއް: ރައީސް

ރައްޔިތުންގެ ބައްދަލުވުންތަކަކީ އެރައްޔިތަކު ބޭނުންފުޅުވާ ވާހަކައެއް އެގޮތަކަށް ދައްކަވަން ބާއްވާ ބައްދަލުވުންތަކެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 11:01

21 ޑިސެމްބަރު 2025، 11:01

ރައްޔިތުންގެ ބައްދަލުވުންތަކަކީ އެ ރައްޔިތަކު ބޭނުންފުޅުވާ ވާހަކައެއެް އެގޮތަކަށް ދައްކަވަން ބާއްވާ ބައްްދަލުވުންތަކެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ދެެއްކެވި ވާހަކަފުޅުގައެެވެ. 

މި ބައްދަލުވުންތަކުގެ މަޤްސަދަކީ ރައްޔިތުން ބޭނުންވެލައްވާ ވާހަކަފުޅުތައް، އެ ބޭފުޅަކު ބޭނުންވެލައްވާ ގޮތަކަށް ވިދާޅުވުމުގެ ފުރުޞަތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް.

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކުރުމަށްޓަކައި ޤާނޫނީ ބަދަލުތައް ގެންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެ މަނިކުފާނު ވިދާޅުވީ މި ބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކުވެސް ދައްކާ ވާހަކައަކީ ސަރުކާރުން ސަމާލުކަން ދޭނެ މުހިންމު ވާހަކަތަކެއް ކަމަށެވެ. އެ ޚިޔާލުތަކަށް ބަލައި، އެންމެ މަސްލަޙަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ބަދަލު ކުރުން ކަމުގައިވާނަމަ އެކަންވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔުމެއް ބައްދަލުވުމުގެ ތެރެއިންނާއި ވަކިންވެސް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިހާތަނަށް ބޭއްވި އެކި ބައްދަލުވުންތަކުގައި ރައްޔިތުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރެއިން މާލެ ސަރަހައްދާ ގުޅިގެން ހުރި ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން