ޚަބަރު
މުސްތަޤްބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން: ރައީސް
ޔޫތް ކޮރަސްމިއްޔާތުފީ ވިތް ޕްރެޒިޑެންޓް ފެށުމުގެ
ހުލާސާ
ޤައުމުގެ މުސްތަޤްބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަކީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން ކަމަށެވެ. އަދި މުސްތަޤްބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމީ އެމަނިކުފާނު ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޒުވާނުންނާ ބައްދަލުވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ކޮންމެ ވާޙަކައަކީވެސް އަޅުގަނޑަށް މުހިއްމުވާނެ ވާހަކައެއް. ޒުވާނުންނާއި ބައްދަލުވާތީ ވަރަށް އުފާކުރަން" ކަމަށެވެ. މީގެ އިތުރުން ޒުވާނުން ބޭނުންވާ ކަންކަން ފުޅާ ދާއިރާއެއްގައި ހިއްސާކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ފޯރަމަކީ ޒުވާނުންގެ ހިޔާލާއި އެކި ހުށަހެޅުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތެކެވެ. މި ފޯރަމްގެ ތެރެއިން ޒުވާނުން ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަޝްވަރާ ކުރައްވާނެއެވެ.